ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ހޯދަމުން އަންނަނީ ޏ. ފުވައްމުލައް/އުޑުވިލާ، އުމުރުން 42 އަހަރުގެ އަހުމަދާއި ގއ. ދެއްވަދޫ/ގޮންގަލި، އުމުރުން 41 އަހަރުގެ އަހްމަދު ޝުޖާއު ކަމަށެވެ.

ފުލުހުން ވިދާޅުވީ، އަހްމަދު ހޯދަމުންދަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި ދައުވާކުރާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން އެކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އެ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ.

އަދި އަހްމަދު ޝުޖާއު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން މިމަހުގެ 26 ވަނަ ދުވަހުގެ 11:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ.

މި ދެ މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން ފުލުހުން އެދެއެވެ. އަދި މި ފަދަ ކަންތައްތަކުގައި އާންމު ރައްޔިތުންގެ ކިބައިން ލިބެމުން އަންނަ އެއްބާރުލުން ފުލުހުން ފާހަގަކުރައްވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.