ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި އެމަނިކުފާނުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ހެކިބަސް ދިނުމަށް އުޒުރުވެރި ވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި، ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ، ދިފާއީ ހެއްކެއްގެ ގޮތުން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އަޒީމާ އާދަމް، ހެކިބަސް ދެވެން ވަޑައިގެންނެވެން ނެތް ކަމަށް ބުނެ އެ ކޯޓަށް މިއަދު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. 

"ސިޓީގައި ބަޔާން ކުރާ ގޮތުން އެ ފަރާތުން ވަޒީފާ އަދާކުރަމުން ދަނީ ރާއްޖެއިން ބޭރުގައި ކަމަށްވާތީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓަށް ހާޒިވެވެން ނެތް ކަމާއި އަދި މި މައްސަލައިގައި ހެކިވެރިޔާ ނުވަތަ އަޒީމާގެ ފަރާތުން އަދާކުރެވޭނެ ހެކިބަހެއް ނެތުމާއި އެކު ކޯޓަށް ހާޒިރުވެވެން އުޒުރުވެރިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައި،" ހައިލަމް ވިދާޅުވި އެވެ.

އަޒީމާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ދައުވާގައި ބުނާ މުއާމަލާތްތައް ކުރީ އެމްއެމްއޭއިން އެއީ ސައްހަ މުއާމަލާތްތަކެއްތޯ ބެލުމަށްފަހުކަން ސާބިތު ކުރުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.