ދެހާސް ތޭވީސް ވަނަ އަހަރު އައުމުގެ ކުރިން ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ރާއްޖެއިން ނައްތާލަން މަސައްކަތްކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަގްވާމީ ފެންވަރުގައި އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް އެޅިފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ރޭ އދގެ އާންމު މަޖިލީހުގެ ހަވާސާގައި އޮތް ކްލައިމެޓް އެކްޝަން ސަމިޓުގައި ރައީސް ވަނީ "މޯލްޑިވްސް ސްމާޓް ރެސިލިއެންޓް އައިލެންޑްސް އިނިޝިއޭޓިވް" މޮޑެލްގެ ވާހަކަފުޅު ދައްކަވާފައެވެ. މިރޭ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ މި މޮޑެލްއަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންތެރި މޮޑެލްއަކަށް ވާނެކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެ ޕްލާސްޓިކާ ދުރުކުރާނީ އެ މޮޑެލްގެ ދަށުން ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ 2023 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި އެއްފަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕްލާސްޓިކާއި ދެކޮޅަށް ރާއްޖެއިން ފަށާ  މަސައްކަތަކީ ދުނިޔޭގެ އެހެން ޤައުމަކުން ޕްލާސްޓިކާއި ދެކޮޅަށް ނުފަށާވަރުގެ ބޮޑު މަސައްކަތެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.