ނައިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވާ ގެކޮޅުކަމުގައިވާ ހިލާލީގެ ކައިރިން ބަޑިބޭސްކަމަށް ޝައްކުކުރެވޭ އެއްޗަކާއި އެކު މީހަކު ހައްޔަރުކޮށްފިއެވެ.

އެމީހާ 23 ވަނަ ދުވަހުގެ ރޭ ދަންވަރު 3:50 ހާއިރު ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދެއެވެ.

ފުލުހުން ބުނީ އެރޭ 3:50 ހާއިރު ފަރީދީ ގޯޅި ހިލާލީގޭ ކައިރީގައި ހުރި މީހެއްގެ އަމަލުތައް ހުރިގޮތުން ފުލުހުންނަށް ޝައްކުކުރެވިގެން އޭނަ ހުއްޓުވާ ބަލާފާސްކުރި އިރު، ބަޑިބޭސް ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ދިރިއުޅޭތަން ބެލިއިރު، ބަޑިބޭސްކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވާކަމަށެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ މީހެއް ކަމަށާއި، އޭނާއަށް ކްރިމިނަލް ކޯޓުން ހަތް ދުވަހުގެ ބަންދެއް ޖަހާ ދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.