މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖޮން ކްރެޓިއެންއާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަދާ އދގެ 74 ވަނަ އާއްމު މަޖިލީހުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމާއި، ވިޔަފާރިއާއި ތައުލީމީ ދާއިރާއިން ދިވެހިރާއްޖެއާއި ކެނެޑާގެ ގުޅުން ބަދަހިކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން އާއްމު މަޖިލީހުގެ ހަވާސާގައި ބަޙްރައިންގެ ޚާރިޖީ ވަޒީރު ޚާލިދު ބިން އަހުމަދު އަލްޚަލީފާއިވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއަރ ސަރވިސް އެގްރިމެންޓާއި ގުޅޭ ގޮތުންނާއި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ރޭ ބޭއްވި ކްލައިމެޓް އެކްޝަން ސަމިޓްގައި ރައީސް ސޯލިހްގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ޔުނިވަރސަލް ހެލްތު ކަވަރޭޖާއި ގުޅޭ މަތީ ފަންތީގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވީވެސް މިނިސްޓަރ ޝާހިދެވެ. މިއީވެސް އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ކުރިއަށް ދިޔަ ބައްދަލުވުމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.