އިސްލާމް ދީނަށް ފުރައްސާރަކުރާ ލިޔުންތަކާއި ކުރެހުންތައް ފަތުރަމުން ދިޔަ ފޭސްބުކް ޕޭޖް "ޖުހާ" ބްލޮކް ކުރަން ފުލުހުން ހުށަހަޅައިފި އެވެ.

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ އެ ޕޭޖް ބްލޮކް ކުރާނެ ކަމަށާއި އެކަން ކުރަނީ އެ ޕޭޖްގެ ޝަކުވާ ފުލުހުންނަށް ބަޔަކު ހުށަހެޅުމުން ފުލުހުންގެ އިދާރާ އިން އެ ޕޭޖް ބްލޮކްކުރަން އެންގުމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޕޭޖްތައް ބްލޮކް ކުރުމުގެ މަސައްކަތް އެމިނިސްޓްރީން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްލާމްދީނަށް ފުރައްސާރަކޮށް، ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އުފައްދާ، މިކަހަލަ ކަންތައްތައް ކުރަން އަޅުގަނޑުމެން ޖާގައެއް ނުދޭނަން. މިކަހަލަ ޕޭޖްތައް ބްލޮކް ކުރަމުން ގެންދާނަން،" އަލީ ސޯލިހު ވިދާޅުވި އެވެ.

ޖުހާގެ ނަމުގައި ހިންގާ ޕޭޖަކީ ކުރިން "މީމް" ޕޭޖެކެވެ. ނަމަވެސް ފަހުން އެ ޕޭޖުން އިސްލާމްދީނާއި ދެކޮޅު އެތަކެއް ފޯސްޓެއް ލިޔެ ޝެއަރ ކުރުމުން ގިނަ ބައެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.