ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރޭ ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގެންނެވުމަށް ފަހު ބަޔާނެއް ނުދެއްވީ "ހަމައިގައި ހުރުމުން" ކަމަށް ރައީސް މައުމޫންގެ އެމްއާރްއެމް ގައި އިސްކޮށް އުޅުއްވާ އަބްދުލް އަލީމް ވިދާޅުވެއްޖެއެވެ.

އަލީމް މިހެން ވިދާޅުވީ ޖާބިރަށް އަމާޒުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން އަލީމް ވިދާޅުވީ "ދޮގު ބަޔާނެއް ދޭން ނުކެރުނީ ހަމައިގައި އެވަގުތު ހުރީމަ." ކަމަށެވެ.

މިދިޔަ އަހަރު އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ކާށިދޫ ދާއިރާގެ މިހާރުގެ މެންބަރު، އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރ އަބްދުﷲ ޖާބިރުގެ އަތުން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށާއި، އެއްބަަސްވުމާއި އެއްގޮތައް އެފައިސާ ދައްކަވާފައި ނުވާ ކަމަށް ވިދާޅުވެ ޖާބިރު ވަނީ ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައެވެ.

އެމައްސަލައިގައި ޖާބިރުގެ ބަޔާނެއް ނެގުމަށް ރޭ ފުލުސް އޮފީހަށް ހާޒިރު ކުރުމުން ޖާބިރު ވަނީ ބަޔާން ދޭން ބޭނުންފުޅުވަނީ ރައީސް މައުމޫންގެ ކުރިފުޅުމަތީގައި ކަމަށް ވިދާޅުވެފައެވެ.

"ރައީސް މައުމޫން ދަރަންޏަށް ޒިންމާ ވާގޮތަށް ނެގި 29 މިލިއަން ރުފިޔާގެ ވާހަކަ އަޅުގަނޑު ދައްކަން ބޭނުންވަނީ އެމަނިކުފާނު ބައިދައިގެން ކުރިފުޅުމަތީގައި. މީހުން ނެތްތާނގައި މީހުންގެ ވާހަކަ ދެއްކުން އެއީ ވަރަށް ހުތުރު ކަމެއް. އޭރުން ވާނީ ނެތޮމޮށޭ ކަމަށް." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރު ވެެރިކަމަށް ގެނެވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެބޭފުޅާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.