ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި ކާށިދޫ ދާއިރާގެ މެންްބަރު އަދި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރުގެ އަތުން ފައިސާ ނެންގެވި މައްސަލައެއްގައި ބަޔާން ދެއްވުމަށް މިރޭ ފުލުހަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޖާބިރު ވިދާޅުވީ އެ މައްސަލައިގައި ބަޔާންދެއްވުމަށް ފުލުހުންގެ އިދާރާއަށް މިރޭ އަށެއް ޖަހާއިރު ވަޑައިގަންނަވާނެކަމަށެވެ.

ޖާާބިރު ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި ރައީސް މައުމޫން ވަނީ އެބޭފުޅާގެ އަމިއްލަ ގެކޮޅުކަމުގައިވާ ކިނބިގަސްދޮށުގެ ރަހުނުގައި ބެހެއްޓެވުމަށްފަހު، ޖާބިރުގެ އަތުން ދަަރަންޏަށް 29 މިިލިއަން ރުފިޔާ ނަގާފައެވެ.

ޖާބިރު ވިދާޅުވީ އެ ފައިސާ މައުމޫނަށް ދެއްވީ އިންޓަރެސްޓްވެސް އަރާގޮތަށް ކަމަށެވެ.

ފައިސާ ދިނުމާ ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ މައުމޫން އެ ފައިސާ އަނބުރާ ނުދެއްވައިިފިނަމަ ކިނބިގަސްދޮށުގެއާއި ހަވާލުވާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.