"ޖުހާ" މި ޕޭޖަކީ މީގެ ކުރިން ދިވެހިން އެ ޕޭޖެއްގެ ޕޯސްޓްތައް ނިކަން ފޯރިއާއި އެކު ޝެއަރކުރި ޕޭޖެކެވެ. "މީމް" ޕޭޖެއްގެ ގޮތުގައި އެ ޕޭޖު މަޝްހޫރުވެގެން އައިއިރު އެތައް ދިވެހިންނެއް އެ ޕޭޖު ފޮލޯކޮށް އެ ޕޭޖަށް ލައިކް ދީފައިވެއެވެ. ނަމަވެސް އަދުގެ ހާލަތު މިވަނީ މުޅިން ބަދަލުވެފައެވެ.

މިއަދު ޖުހާ ޕޭޖު ހިންގަމުންދާ ފަރާތްތައް ފަރުދާ އަނެއްފަރާތުގައި ތިބެގެން އެ ޕޭޖު ބޭނުން ކުރަމުންދަނީ މާތްވެެގެންވާ އިސްލާމްދީނާއި، މާތް ﷲ އާއި، އެކަލާނގެ ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމައަށް ހަޖޫ ޖަހައި ފުރައްސާރަކޮށް، މުސްލިމުންގެ މެދުގައި ބައިބައިވުން އުފެއްދުމަށެވެ. އެ މީހުންގެ މަޤުސަދަކީ ރާއްޖެއިން އިސްލާމްދީން ފޮހެލައި, މުސްލިމުން ނިކަމެތި ކުރުމެވެ. ހިތާމައަކީ މިކަން ކުރަމުން އަންނަނީ މި ދިވެހި ފަސްގަނޑަށް އުފަން ދިވެހީން ކަމެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވުމީ މި ޤައުމަށް އަދި މި ޤައުމުގައި އުޅޭ ދިވެހިންނަށް ލިބޭ ޝަރަފެކެވެ. އެއީ ދިވެހިންނަށް އެކަމާއި މެދު ފަހުރުވެރިވެވޭނެ ކަމެއްވެސް މެއެވެ. ކަންމިހެން ހުރުމުން "ޖުހާ" ފަދަ އިސްލާމް ދީނާއި ދެކޮޅު ޕޭޖުތައް ފޮލޯކުރުން ހުއްޓާލަމާ ހިނގާށެވެ. ކުރިން އެ ޕޭޖަށް ލައިކް ކުރި އެތައް ދިވެއްސެއް މިއަދު އެ ޕޭޖުން ފާޅުގައި ދީނަށް ފުރައްސާރަކުރަމުންދާއިރުވެސް އެ ޕޭޖު އަންލައިކް ނުކޮށް އެބަތިއްބެވެ. މިހެން މިކަން ވަނީ ނަމަ މިއީ ނުސީދާ ގޮތެއްގައި އެފަދަ ފަރާތްތަކަށް ދެވޭ ހިތްވަރެކެވެ.

އެހެންކަމުން "ޖުހާ" ޕޭޖު އަންލައިކް ކުރަމާ ހިނގާށެވެ. އަދި މުސްލިމުންނާއި ދެކޮޅު އެެތީސްޓުންގެ މަޅީގައި އަަޅުގަނޑުމެންގެ ކަރުތައް ތާށިވިޔަ ނުދެމާތޯއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.