ގެއްލިގެން ހޯދަމުންދިޔަ ޑައިވިން ދޯނި މިހާރު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔައީ "މޫރިތި" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި އެ ދޯނިން ދަތުރުކުރީ ތިން ދިވެހިން ކަމަށެވެ.

އަދި އެ ދޯނީގެ އިންޖީނުގައި މައްސަލައެއް ޖެހުނީ ކަމަށާއި ހެނދުނު 11:20 ހާއިރު އެ ދޯންޏާއި ގުޅިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މީގެ އިތުރުން އެހެން އުޅަނދެއްގެ އެހީގައި އެ ދޯނި މިހާރު ލ.އަތޮޅަށް ދަތުރުކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށް އޮފިޝަލް ވިދާޅުވިއެވެ..

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.