ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި ގެއެއް ރޭގެ ވަގުތެއްގައި އަރިއަޅާލުމާއި ގުޅިގެން އެގެ ތަޅާލުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

ރޭ އަރިއަޅާލާފައިވަނީ އަލިފާން ރޯވި ގެތަކުގެ ތެރެއިން، ހަތަރު ބުރިއަށް އިމާރާތްކޮށްފައިވާ "ހ. ކީވް" އެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަރިއަޅާލި ބިލްޑިންގ ތަޅާލުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެެވެ،

އެމްއެންޑީއެފް އިން ވިދާޅުވީ، އަރިއަޅާލި އިމާރާތް ހަތަރު ބުރިއަށް ހަދާފައިވަނީ ދަގަނޑު ހޮޅިން ކަމަށާއި، އިމާރާތުގައި ދެން ބޭނުންކޮށްފައިވަނީ ޓިނު ކަމަށެވެ.

މި ހިތާމަވެރި މި އަލިފާނުގެ ހާދިސާގައި 24 އިމާރާތަކަށް އެކިވަރުގެ ގެއްލުންވިއިރު ހަ ގެއަކާއި ހަތަރު ކެމިކަލް ގުދަނެއް ވަނީ އަނދާފައެވެ. މިއީ ފަހުގެ ތާހީރެއްގައި މާލޭގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. މި ހާދިސާގައި 562 މީހުން ހާލުގައި ޖެހިފައިވާއިރު އެކަކު ނިޔާވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.