މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން، ޖުމްލަ 562 މީހުން ހާލުގައި ޖެހިގެން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް، ޑިޒާސްޓަރ މެނޭޖްމަންޓުން ވިދާޅުވެއްޖެއެވެ.

ޑިޒާސްޓަރ މެނޭޖުމެންޓުގެ ގެ ސީއީއޯ ހިސާން ޙަސަން ވިދާޅުވީ، އަލިފާނުގެ ހާދިސާއާއި ގުޅޭ ގޮތުން މީޑިޔާތަކަށް މައުލޫމާތު ދިނުމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހިސާން ވިދާޅުވީ، އެ ހާދިސާއާއި ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ 247 ފަރާތަަކަށް ކަމަށެވެ.

"562 މީހުން އަޅުގަނޑުމެންގެ ރަޖިސްޓްރީގައި އެބަތިބި. އޭގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަން 247 ފަރާތަކަށް މިހާރު ވާނީ ފޯރުކޮށްދީފައި." ހިސާން ވިދާޅުވިއެވެ.

އިތުރަށް ހިސާން ވިދާޅުވީ، މި ހާދިސާއަށް ދެ ދުވަސް ވެގެން ދާއިރު، ގެއްލުން ލިބުނު ހުރިހާ ފަރާތްތަކެއްވެސް މިހާރު ތިބެންވާނީ ރަޖިސްޓްރީވެފައި ކަމަށާއި، އެ ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަކަމާއި އެކު އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.