މި މަހުގެ 20 ވަނަ ދުވަހުގެ ރޭގައި އަބަދަށްފެހި މަގުގައި ހިނގާދިޔަ އަލިފާނުގެ ބޮޑު ހާދިސާއަކީ ރޭވިގެން ދިން ޓެރަރިސްޓު ހަމަލާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު މުއިއްޒު އޭނާގެ ފޭސްބުކު ސްޓޭޓަސްގައި ލިޔުއްވާ ފައިވަނީ "މާލޭގައި ހިނގާ މިދިޔަ އަލިފާނުގެ ހާދިސާ އަކީ ރޭވި އިންތިޒާމު ވެގެން ދެވިފައިވާ ޓެރަރިސްޓު ހަމަލާއެއް" ކަމަށެވެ. 

ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރަކު ހިނގާދިޔަ އަލިފާނުގެ ހާދިސާއާ މެދު މިފަދަ ބޮޑު ތުހުމަތެއް ކުރެއްވުމުން އާންމުންގެ ތެރޭގައި ވަނީ ވަރަށް ބޮޑު ބިރުވެރިކަމެއް އުފެދިފަ އެވެ. އަދި އެއީ ކިހާ ޔަގީން ކަމެއް އޮވެގެން ވިދާޅުވި އެއްޗެއްތޯ ވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދަން ގުޅުމުން، ތަރުޖަމާނު ވިދާޅުވީ، އެ މައްސަލަ މިވަގުތު ތަހުގީގު ކުރަމުންދާތީވެ، އަދި އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރެވެން ނެތްކަމަށެވެ. އަދި ފުލުހުންނަށް ހިއްސާކުރެވެން އޮތް މިންވަރަކުން މައުލޫމާތު ހިއްސާކުރައްވާނޭ ކަމަށް ވެސް  ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެމް.އެންޑީ.އެފްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުގައި އެ ބޭފުޅުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ. 

މެންބަރަކު މިފަދަ ބޮޑު ތުހުމަތެއް ކުރެއްވީ ކޮން މަސްދަރަކަށް ބިނާކޮށްތޯ ސާފުކުރުމަށް ވަރަށް ގިނަފަހަރު ގުޅައިގެން ވެސް ފޯނަށް ޖަވާބު ނުދެއްވައި، ބިޒީކޮށްލާތީ، އޮޅުންފިލާ ގޮތެއްނުވި އެވެ.

މާލޭގައި މިހިނގި ބިޔަ ބޮޑު އަލިފާނުގެ ހާދިސާ ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު މިހިނގީ، ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް، މިދިޔަ ބުރާސްފަތި ދުވަހު، ރާއްޖެއިން 17 ޓެރަރިސްޓް ޖަމާޢަތް ކަނޑަ އެޅުމަށް ފަހު އިޢުލާން ކުރިތާ 30 އަކަށް ގަޑިއިރުތެރޭގަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.