ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހުކުރު ދުވަހުގެ ރޭ މަލޭގައި ފެން ބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ގެތަކުގެ ހާލަތު ދެނެގަނެ ހަދަންޖެހޭ އެސެސްމެންޓްތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ، މި އެސެސްމެންޓްތައް ހެދުމުގެ މަސައްކަތް ކުރަމުން ގެންދަނީ ފުލުހުންނާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް  އޮތޯރިޓީ އަދި މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރާގައި މާލޭގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފެން ބޮޑުވެ، އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.