ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ނަން, "ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު"ގެ ނަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ހެރިޓޭޖް ޑިޕާޓްމަންޓުގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަދަލު ކުރެއްވީ ސަގާފީ ތަރިކައިގެ ގާނޫނު ރައީސް މި މަހު ތަސްދީގު ކުރެއްވުމާ އެކު އެ ގާނޫނުގެ ދަށުންނެވެ.

ސަގާފީ ތަރިކައިގެ ގާނޫނު ބުނާގޮތުން އެ ގާނޫނުގެ ދަށުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒެއް ހުންނަންވާނެ އެވެ. އެހެން ކަމުން އެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ނަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ނަމަށް ބަދަލު ކުރައްވައި، އެ ޑިޕާޓްމަންޓުން ކުރަމުން އައި ހުރިހާ މަސައްކަތެއް މިހާރު ވަނީ އަލަށް އުފެއްދެވި މަރުކަޒަށް ބަދަލު ކުރައްވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.