އަބަދަށްފެހިމަގުގައި ހުރި ބައެއްގެ ތަކުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އިތުރު މީހެއްގެ ހަށިގަނޑު ފެނޭތޯ ފުލުހުންނާއި ސިފައިން އެ ގެތައް ޗެކުކުރަން ފަށައިފިއެވެ.

ރައީސް އޮފީހުގައި ކުރޮޔަށް ދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުުހުންގެ ފަރާތުން ވާހަކަދެއްކެވި، އިސްމާޢިލް ނަވީން ވިދާޅުވީ، ޑިޒާސްޓަރ މެނޭޖްމެންޓާއި ގުޅިގެން ކަޅުހުރާ މަގުގައި ހުރި ތަނެއް ސާފުކުރަމުން ދާކަމަށާއި އަދި އިތުރު މީހެއްގެ ހަށިގަނޑު ފެނޭތޯވެސް ބަލަމުންދާ ކަމަށެވެ.

އަބަދަށްފެހިމަގުގައި ހުރި ބައެއް ގެތަކުގައި 20 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެރޭގައި ވަނީ އަންހެނެއްގެ ހަށިގަނޑު ފެނިފައެވެ. އެއީ ތ.ބުރުނީއަށް އުފަން ޢާއިޝަތު ޝައުނާއެވެ. ޝައުނާ ފިޔަވާ އިތުރު މީހަކު ގެއްލިގެން ރިޕޯޓުކޮށްފައި ނުވާކަމަށް އެރޭ ސިފައިން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ކުއްލިއަކަށް ބަލާ ފާސްކުރަން ފެށި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ. މައުލޫމާތު ލިބޭގޮތުގައި ބިދޭސީން ވަނީ އެމީހުންގެ ބައެއް މީހުން ނުފެންނަ އަދި ނުފެންނަ ކަމަށް ބުނެ ރިޕޯޓުކޮށްފައެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަޙައްދުގައި އަދި ކަރަންޓެއް ނެތެވެ. އަދި އެ ސަރަޙައްދު އެއްކޮށް ބަލަހައްޓަމުން ގެންދަނީ ސަލާމަތީ ބާރުތަކުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.