މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ތަކެތި އަތުލައިފިއެވެ.

ފުލުހުން ވިދާޅުވީ މާފުށީ ޖަލަށް ގިނަ އަދަދެއްގެ ތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ރޭ 2:25 ހާއިރު ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 21 އަހަރުގެ މީހަކާއި އަދި 26 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރޭ މާފުށި ޖަލަށް އެތެރެކުރަން އުޅެފައިވާ ތަކެއްތީގެ ލިސްޓް: 

  1. ސިމް ކާޑު (ދިރާގު)
  2. 62 ފޯނު ޗާޖަރު،
  3. 39 ޔޫއެސްބީ ޑްރައިވް،
  4. 22 ހެޑްސެޓް،
  5. 5 އެޑެޕްޓާ،
  6. 31 ފޯނު (ނޮކިއާ، އަދި އެލް އެއިޓް ސްޓާ)،
  7. 41 ސްމާޓް ފޯނު،
  8. 2 ސިވިން ކިޓް،
  9. 5 ނިޔަފަތި ކަނޑާ ދަތި،
  10. 5 ސުޕަ ގްލޫ،
  11. 5 ކަތުރު،
  12. 3 ކުޑަ ވަޅި،
  13. 2 ފެމް ދަޅު،
  14. 2 ކަޓަރު ތިލަ ފޮށި،
  15. 2 އައޮޑިން ލޮނު ޕެކެޓު،
  16. 4 ލޯގަނޑު،
  17. 12 ދުނި ކީސްތިލަ،
  18. 5 ސަމުސާ،
  19. 5 ޔޫއޯ (ފޯކް)

މިމައްސަލަ ކ. މާފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.