މުސްތަޤުބަލުގައި މާލެ ސީޓީގެ ބޮޑު ބައެއްގައި ވެހިކަލް ދުއްވުން މަނާ ކުރަން ބޭނުންވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ، މާލެ ސިޓީގެ ބޮޑު ބައެއްގައި ވެހިކަލް ދުއްވުން މަނާ ކުރަން ބޭނުންވާ ކަަމަށާއި، އަދި ކުރިއަށް އޮތްތަނުގައި ސަރައްދުތައް ހުސްކޮށް ޕާކުތަކާއި. ސައިކަލު ޕާކު ކުރެވޭނެ ގޮތް ހަދާނެ ކަމަށެވެ.

މޭޔަރ ޝިފާ ވިދާޅުވީ މިނީ ބަސް ރާއްޖެއަށް ތައާރަފްވުމާއި، އެކު މަޖީދީ މަގު އެއްކޮށް ވެހިކަލް ދުއްވުން މަނާ ކުރަން ޖެހޭ ކަމަށެވެ.

ޝިފާ ވިދާޅުވީ، ސިޓީ ކައުންސިލްގެ އެ ނިންމުގެ ސަބަބުން ބައެއް ފަރާތްތަކުން ރުޅި އަންނާނެކަން އެނގޭ ކަމަށާއި ނަމަވެސް އެއީ ކޮންމެހެން ކުރަން ޖެހޭ ކަންކަމެވެ.

"އަޅުގަނޑަށް އިނގޭ ބައެއް މީހުން ރުޅި އަންނާނެ ކަންވެސް، މިއީ ކުރަން ޖެހޭ ކަންތައް". ޝިފާ ވިދާޅުވިއެވެ.

މާލޭ ސިޓީގައި ވެހިކަލް ގިނަވުމަކީ ބޮޑު މައްސަލައެކެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ވަނީ އެތަކެއް ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.