ކެމިކަލް ގެންގުޅުމުގެ ގަވާއިދު ދެ ދުވަސް ތެރޭގައި ގެޒެޓް ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރީއާ ދީދީ ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރ މާރިއާ ވިދާޅުވީ، އެންމެ ލަސް ވެގެން ހޯމަ ދުވަސް ތެރޭގައި މި ގަވާއިދު ގެޒެޓް ކުރެވޭނެ ކަމަށާއި، ރޭ ހިނގި އަލިފާނުގެ ހާދިސާގެ ކުރިންވެސް އެކަމުގެ ގަވާއިދެއް ހެދުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިއާ ވިދާޅުވީ، ކެމިކަލް ގެންގުޅުއްވާ ފަރާތްތަކާއި ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"އެގޮތުން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ތަފާތު ވައްތަރުގެ ކެމިކަލް ގުދަން ކުރުން ކިހިނެއްތޯ މި ބޭނުން ކުރުމާއި ބެހޭގޮތުން އަޅުގަނޑުމެން ދިރާސާ ހަދާ ސްޓޭކް ހޯލްޑާސްއާ ވެސް ވާހަކަދެއްކިން. އެ ދިރާސާ ކުރުމުގެ ތެރޭގައި އަޅުގަނޑު ބެލިން ކޮން ކޮންތަނެއްތޯ އެދެވެނީ ބެލިން މާރިއާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާލޭގައި 126 ކެމިކަލް ގުދަން އެބަހުރި ކަމަށާއި މި ގުދަންތަކުގެ ތެރެއިން 82 ގުދަނަކީ މީހުން ދިރިއުޅޭ އިމާރާތްތަކުގައި ހެދިފައިވާ ގުދަންތައް ކަމަށެވެ.

ކެމިކަލް ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކަކު ވަނީ ނިޔާވެފައެވެ. އަދި 300 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާއިރު، ޖުމްލަ 10 އިމާރާތެއް ވަނީ ހުލުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.