މާލޭގައި ހުރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކަމާ ބެހޭ ފަރާތްތަކަށް އަންގައިފިއެވެ.

އެ މަނިކުފާނު މިކަން މިގޮތަށް އެންގެވީ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދުލުވުމުގައެވެ.

މިބައްދަލުވާއި ގުޅޭ އިތުރު ތަފްސީލް ހާމަކުރަމުން ރައީސް އޮފީހުން ވިދާޅުވީ، ރައީސް ޞާލިހް ކަމޭބެހޭ ފަރާތްތަކަށް މިގޮތަށް އެންގެވީ މާލޭގައި ހުރި ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަން ކުރަމުން ގެންދާ ގޮތާއި މިހާރު އެފަދަ ސާމާނު ގުދަން ކުރާ ތަންތަނާ އެފަދަ ތަންތަނުން މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

އެމްއެންޑީއެފާއި ހަވާލާދީ ރައީސް އޮފީހުން ވިދާޅުވީ، މާލޭގައި ކެމިކަލް ރައްކާކުރާ 126 ގުދަން އެބަހުރި ކަމަށެވެ.

އަދި ރާއްޖެއަށް އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަންކުރުމާއި ގެންގުޅުމާއި ނައްތާލުމާބެހޭ އެއްވެސް ކަހަލަ ޤަވާޢިދެއް ނެތުމުން އެފަދަ ހަރުދަނާ ޤަވާޢިދެއް މިހާރު އެކުލަވާލައްވައި ގެޒެޓްކުރުމުގެ މަރުޙަލާގައި ވާކަންވެސް އެމް.އެން.ޑީ.އެފުން މިބައްދަލުވުމުގައި ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެ  އިތުރުން މި ޤަވާޢިދު ވީހާ އަވަހަކަށް ނިންމަވައި ގެޒެޓްކޮށް ޢަމަލުކުރަން ފެށުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ މަޝްވަރާ ދެއްވާފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.