ރޭ މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ބޮޑެތި ވައްކަންތަކެއް ކޮށްފިއެވެ.

ފުލުހުން ވިދާޅުވީމ ރޭ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނުވަގުތު ގޭގެއިން މީހުން ހުސްކޮށްފައިވަނިކޮށް، އެ ސަރަހައްދުގައި ހުރި ގެއެއްގެ ފަންގިފިލާއަކުން ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ ސަރަހައްދުގައި މީހުން ހުސްކޮށްފައި ހުރި ގެއެއްގެ ހަތް ވަނަ ފަންގިފިލާއިން ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިއަދު ހެނދުނު 10:34 އެހާކަންހާއިރު ކަމަށެވެ. އެެގެއިން ވައްކަންކޮށްގެން ނަގާފައި ވަނީ، 700 ޔޫއެސް ޑޮލަރާއި، އައި ވޮޗްއަކާއި، އައިޕޮޑް އެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ދެން ވައްކަން ކޮށްފައި ވަނީ އެގޭގެ އަށް ވަނަ ފަންގިފިލާއިން ކަމަށެވެ. އެ ފަންގިފިލާއިން ވައްކަން ކޮށްގެން މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިއަދު 11:52 އެހާކަންހާއިރު ކަމަށާއި، މި ވައްކަމުގައި އެ ގެއިން ނަގާފައި ވަނީ 37200 އަށް ވުރެ ގިނަ ފައިސާ އެވެ.

ފުލުހުން ދަނީ މި ދެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.