ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާގެ ހަށިގަނޑު ވަޅުލައިފިއެވެ.

ތ. ބުރުންޏަށް ނިސްބަތްވާ ޝައުނާގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.

ރޭގެ ހާދިސާގައި އުމުރުން 46 އަހަރުގެ ޝައުނާ ނިޔާވެފައި އޮއްވައި ފެނުނީ، އަލިފާން ރޯވި ގެއެއްގެ ތެރެއިންނެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އޭނާގެ ހަށިގަނޑު ފެނުނުއިރު ވަކި ކުރަންވެސް ނޭނގޭ ވަރަށް ފިހިފައިވާ ކަމަށެވެ

ކީރިތި ޤުރުއާން ކިޔަވައިދިނުމުގެ ރޮނގުން ޑީގްރީ ހާސިލް ކޮށްފައިވާ ޝައުނާ އަކީ ކުދިންނަށް ޤުރުއާން ކިޔަވައިދޭ މުދައްރިސެކެވެ. އަދި އޭނާއަކީ ދަރުމަވަންތަ ސްކޫލުގެ ކުރީގެ ޤުރުއާން މުދައްރިސެއްވެސް މެއެވެ.

ޝައުނާގެ ކުށް ފާފަތައް ފުއްސަވައި، އޭނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވާށި! އަދި އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި! އާމީން

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.