ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާގެ ކަށުނަމާދުގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެއެވެ.

ތ. ބުރުންޏަށް ނިސްބަތްވާ ޝައުނާގެ ޖަނާޒާގެ ކަންކަން މިހާރު ކުރިޔަށްދާއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އިސްލާމީ މަރުކަޒަށް ޖަމާވެފައެވެ.

ޝައުނާގެ ކަށުނަމާދުގައި ބައިވެރިވުމަށް އެތައް ހާސް ބަޔަކު އިސްލާމީ މަރުކަޒަށް ޖަމާވެފައިވާއިރު، މިސްކިތް ފުރި ބައެއް މީހުން ބޭރުގައި ވެސް އެބަތިއްބެވެ.

ރޭގެ ހާދިސާގައި އުމުރުން 46 އަހަރުގެ ޝައުނާ ނިޔާވެފައި އޮއްވައި ފެނުނީ، އަލިފާން ރޯވި ގެއެއްގެ ތެރެއިންނެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އޭނާގެ ހަށިގަނޑު ފެނުނުއިރު ވަކި ކުރަންވެސް ނޭނގޭ ވަރަށް ފިހިފައިވާ ކަމަށެވެ

ކީރިތި ޤުރުއާން ކިޔަވައިދިނުމުގެ ރޮނގުން ޑީގްރީ ހާސިލް ކޮށްފައިވާ ޝައުނާ އަކީ ކުދިންނަށް ޤުރުއާން ކިޔަވައިދޭ މުދައްރިސެކެވެ. އަދި އޭނާއަކީ ދަރުމަވަންތަ ސްކޫލުގެ ކުރީގެ ޤުރުއާން މުދައްރިސެއްވެސް މެއެވެ.

ޝައުނާގެ ކުށް ފާފަތައް ފުއްސަވައި، އޭނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވާށި! އަދި އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި! އާމީން

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.