ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ހިންނަވަރަށްވެސް ބޯކޮށް ވާރޭވެހި އެރަށުގެ 15 ގެޔަކަށް ފެން ވަދެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހިންނަވަރުގައި ފެންބޮޑުވެ 16 ގެޔަކަށް ފެންވަދެފައިވާ ކަމަށާއި މި ގެތަކަށް ފެން ވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖަހާފައިވާއިރު ފެން ހިންދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތުގައި އެރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ފުލުހުން ފާހަގަކުރެއްވިއެވެ.

ބޯކޮށް ވާރޭވެހި ހިންނަވަރުގައި ފެންބޮޑުވެ ގެތަކަށް ފެން ވަދެފައިވާއިރު، ވެރިރަށް މާލެއަށްވެސް ގިނައިރުތަކެއް ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެފައެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވާއިރު، ނ. އަތޮޅުން ފަށައިގެން ލ. އަތޮޅާއި ހަމައަށް ވަނީ ރީނދޫ އެލަރޓް ނެރެފައެވެ. މީގެ އިތުރުން ހއ. އަތޮޅުން ފަށައިގެން ނ. އަތޮޅާއި ހަމައަށް އަދި މ. އަތޮޅުން ފަށައިގެން އައްޑޫ އާއި ހަމައަށް މިއަދު މެންދުރުފަހު 3:30 އާއި ހަމައަށް ވަނީ ހުދު އެލަރޓް ނެރެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.