ރޭގައި މާލޭގައި ހިނގި އަލިފާނުގެ ޙާދިސާ  އާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫގެ ގިނަ ހިދުމަތްތައް މިއަދު ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫން ބުނީ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ފުރާނައެއް ގެއްލި އަދި އެތަކެއް ގެދޮރާއި މުދަލަށް ގެއްލުން ލިބުނު ޚަބަރު އަޅުގަނޑުމެން އެހީ ނުހަނު ފުން ހިތާމަޔާއި ހިތްދަތިކަމާ އެކީގައި ކަމަށެވެ.

އެހެންކަމުން މިޙާދިސާގެ އަސަރުކޮށްފައިވާ ޢާއިލާތަކަށް މުވާޞަލާތުކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން މިއަދު އުރީދޫގެ ނަންބަރުތަކަށް ކުރެވޭ ހުރިހާ ކޯލެއް އެއްވެސް އިތުރު ޗާޖަކާނުލާ ކުރެވޭނެ ކަމަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބެވި ބޭފުޅުންނާ މުވާޞަލާތު ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ވައިބަރ މެދުވެރިކޮށް ކޯލު އަދި މެސެޖު ކުރުމުގެ ޚިދުމަތްވެސް އެއްވެސް އިތުރު ޗާޖަކާނުލާ މިއަދު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އަދި މީސްމީޑިއާ މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޢާއްމު މަޢުލޫމާތު ލިބޭނޭގޮތް ފަހިކޮށްދިނުމުގެ ގޮތުން ޓްވިޓަރގެ ޚިދުމަތްވެސް މިއަދު މުޅިން ހިލޭ ލިބޭއިރު، ޙާލަތާއިގުޅޭ ކަށަވަރު މަޢުލޫމާތު ހޯދުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، އަދި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރސީ)ގެ މީސްމީޑިއާ އެކައުންޓްތަކަށް ފޮލޯ ކުރުމަށް އެދޭ ކަމަށްވެސް އުރޫދޫން ބުނެފައިވެއެވެ.

މީގެ އިތުރުން އަލިފާނުގެ ޙާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އުރީދޫން މަސައްކަތް ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.