މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެއްލުންވި ފަރާތްތަކަށް ފަރުވާ ދިނުމުގެ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އަލިފާނުގެ ހާދިސާއާއި ގުޅިގެން ކުއްލި ފަރުވާ ދިނުމަށް އެ ހޮސްޕިޓަލުގައި އިންތިޒާމުތަކެއް ރޭވިފައިވާ ކަމަށެވެ. އަދި އެސްޓީއޯ ބޭސްފިހާރައިން އެމެޖެންސީ ބޭނުންވާ ބޭސްތައް އިމަޖެންސީ ރެސްޕޮންސް ޓީމްތަކާއި، ހަވާލުކޮށްފައިވާ ކަމަށެވެ.

އަލިފާން ރޯވެފައިވަނީ ކެމިކަލް ރައްކާ ކުރާ ގުދަނެއްގައެވެ. މިރޭ އަލިފާން ރޯވެ ހިނގި ހާދިސާގައި މިހާތަނަށް ހަތް އިމާރާތެއް އަނދާ ހުުލިވެއްޖެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.