މިރޭ މާލޭގައި އަލިފާން ރޯވި ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދެންމެ ވަޑައިގެންފިއެވެ.

ރައީސް ވަނީ އެ ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގެ ހާލަތު ބައްލަވާލައްވައިފައެވެ.

ރައީސް ވަނީ، އަލިފާން ނިއްވަން ބައިވެރިވި އެންމެންނަށް ޝުކުރު ދަންނަވާ ގެއްްލުންވި ފަރާތްތަކަށް ތައުޒިޔާ ފޮނުވާފައެވެ.

ރައީސް ޞާލިހް ވިދާޅުވީ، މިފަދަ ހާދިސާތައް މަދު ކުރުމަށް ކުރިއަށް އޮތް ތާނގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

"މިއީ ވަރަށް ދެރަ ހާދިސާއެއް، މިހެން މި ދިމާވަނީ މީހުން އުޅޭ ގޭތަކުގެ ތިރީގައި ގުދަން ކުރެވޭ ތަކެތީގެ ސަބަބުން، މިއަށް ހައްލެއް ނުގެނެވިއެއް މިކަހަލަ ކަންކަމުން ސަލާމަތެއް ނުވާނެ، މިފަދަ އެއްޗެހި ރައްކާކުރާ ފަރާތްތަކަށް ގުދަން ފޯރުކޮށްދޭން މަސައްކަތް ކުރަމުން ދަނީ މި ހާދިސާ މި ދިމާވީ، މިފަދަ ގުދަންތައް ގުޅީފަޅަށް ނޫނީ ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ" ރައީސް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުންވި 27 މީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.