ޚަބަރު
ދީމާއަށް މަރުޙަބާ ކިޔުން މާދަމާ ސޯޝަލް ސެންޓަރުގައި

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސް އަށް ކޮލިފައިވި އެތުލީޓު، ފާތިމަތު ދީމާ އަލީއަށް މަރުހަބާ ކިޔުމުގެ ގޮތުން، ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ނިންމައިފި އެވެ.

ސޯޝަލް ސެންޓަރުގައި މާދަމާ ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދާކަން އިއުލާނު ކުރެއްވީ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައިޝަތު ނާޒިމާ އެވެ.
މާދަމާ މެންދުރު 2:00 ގައި ކުރިޔަށް ގެންދާ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ހަރަކާތުގައި ވީހާވެސް ގިނަ ބޭފުޅުން ރަތް ކުލައިގެ ހެދުމުގައި ދިއުމަށް ނާޒިމާ ކުރެއްވި ޓްވީޓުގައި ވަނީ އެދިވަޑައިގަންނަވާފަ އެވެ.

އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓަކަށް ދީމާ ވެފައިވާއިރު، މީގެކުރިން ރާއްޖެއިން އޮލިމްޕިކްސް ގައި ވާދަކޮށްފައިވަނީ އިންވިޓޭޝަނަލް ފުރުސަތު ތަކުގަ އެވެ.

ދީމާ އޮލިމްޕިކްސް އަށް ކޮލިފައި ވެފައިވަނީ ދެކުނު އޭޝިއާ ކޮލިފިކޭޝަންގައި ސިންގަލްސް އިވެންޓުން އެއް ވަނަ ހޯދައިގެނެވެ. މިއަހަރު އޮލިމްޕިކްސް ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ފްރާންސްގެ ޕެރިހުގަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top