22:00
ކަލާފާނު ސުކޫލުގެ ހޯލު ފުރިފަ، މިހާރު އިމާދުއްދީން ސުކޫލްގެ ހޯލު ތައްޔާރީ ހާލަތަށް ގެންނަނީ
21:20
އެ ސަރަޙައްދުގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑިފަ
21:20
ބާރުގަދަ ތަކރތި ގޮވުމުގެ އަޑުފައްގަނޑާއެކު އަނެއްކާވެސް އަލިފާންގަނޑު ފެތުރެން ފަށައިފި. އިތުރު އިމާރާތެއްގައި ވަނީ އަލިފާން ހިފާފަ
21:11
އިތުރު ގުދަނެއްގައި އަލިފާން ހިފައިފި. ބާރުގަދަ ތަކެތި ގޮވާ އަޑު އިވެމުން އެބަދޭ
21:09
އަލިފާންގަނޑު އަދިވެސް ކޮންޓްރޯލު ނުވޭ
21:02
އިމާރާތެއް ވެއްޓިއްޖެ. ބާރުގަދަ އަޑުތައް ދަނީ ގޮވަމުން
ފޮޓޯ: މީސްމީޑިއާ
20:40
އަލިފާނުގެ ހާދިސާގައި ގެއްލުންވި ހުރިހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނަން: ރައީސް ސޯލިހު
20:30
އިމާރާތުގައި އަދިވެސް މީހުން ތާށީވެފަ. ލައިޓު އަޅުވައިގެން ދަނީ މީހުން ހޯދުމަށް މަސައްކަތް ކުރަމުން
20:25
އަލިފާނުގެ އަސަރުކޮށް ފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ތަނެއްގެ ގޮތުގައި ކަލާފާނު ސްކޫލް ހަމަޖައްސައިފި. އެމީހުންގެ އާއިލާތަކުން އެ ސްކޫލަށް ދިޔުމަށް ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ އެދިފައި.
20:22
ދުމުގެ އަސަރު ކުރާ ހިސާބުތަކުގެ ގޭގޭގައި، ގޭތެރެޔަށް ދުން ނުނަވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލައްޕައިގެން ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި.
20:20
މިހާތަނަށް ކުޑަކުދިންނާއެކު 14 މީހަކު ވަނީ އޭޑީކޭއަށް ގެންގޮސްފަ
20:14
ރޯވެފައިވާ އެއް ގޭގައި އަދިވެސް މީހުން އެބަ ތިބި ކަމަށް މައުލޫމާތު ލިބޭ، އެ ގެއިން އަންހެނަކު ދެންމެ ވަނީ ނެރެފަ
20:11
އަލިފާންގަނޑު ކޮންޓްރޯލް ނުވެ މަގުގެ ދެފަރާތުގައި ހުރި ގެތަކުގައި ދަނީ ރޯވަމުން.
20:11
އެ ސަރަޙައްދުގައި ހުރި ގެތަކުން މީހުން ހުސްކޮށްފި.
20:10
މިހާތަނަށް 11 މީހުން ވަނީ ދުމުގެ އަސަރުކޮށްގެން އޭޑީކޭއަށް ގެންގޮސްފައެވެ.
20:20
މަގުމަތީގެ ދެ ފަރާތުގައި ހުރި އިމާރާތްތަކުގައި ވެސް ވަނީ ރޯވެފައި.
މާލޭގެ ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ، އަލިފާންގަނޑު ކައިރީގައިހުރި ގެތަކަށް ފެތުރެން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ފެހިއާބާދުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިރޭ 7:20 ހާއިރުގައެވެ.
އަލިފާނުގެ ހާދިސާގައި ޒަޚަމްވި ބައެއް ފަރާތްތައް މިހާރުވަީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.