ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ އޮލިމްޕިކް ސްޓޭޑިއަމެއް އެޅުމަށް ރާއްޖެ އާއި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީިއެމްއީސީ) އާއެކު މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ. އަދި ޗައިނާގެ ސީއެމްއީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އަދި ރާއްޖޭގެ ސީއެމްއީސީ އޮފީހުގެ ރެޕްރެޒެންޓޭޓިވް މރ. ލިއު ޝިއައޯޑާ އެވެ. 

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމެއް ރާއްޖޭގައި އަޅަން ކުރެއްވި މަސައްކަތްޕުޅުގައި އެކަމަށް ޝައުގުވެރިވި ޗައިނާގެ، ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީިއެމްއީސީ) އަކީ އެ ގައުމުގެ ކުންފުނިތަކުގެ ތެރެއިން ނަން މަޝްހޫރު ވަރުގަދަ ކުންފުންޏެކެވެ. 

ފޮރިން މިނިސްޓްރީން ބުނީ މިއަދު އެވި އެއްބަސްވުމުގެ ދަށުން ހަތަރު މަސް ދުވަހުގެ ތެރޭގައި މަޝްރޫއާ ގުޅޭ އެންމެހައި ދިރާސާކޮށް އެ ކުންފުނިން ލިޔެކިޔުންތައް ދިވެހި ސަރުކާރަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމެއް އަޅަން ޗައިނާ އިން ނިންމި އިރު، ގަލޮޅު ދަނޑު ތަޅާލައި ހުޅުމާލޭގައި އާ ސްޓޭޑިއަމެއް އެޅުމަށް ފައިސާ ހޯއްދަވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ބޭރުގެ އެހީ ހޯދައިގެން ފުޓްބޯޅަ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ފެށި އިރު، މި ސަރުކާރުން ވަނީ ހުޅުމާލޭގައި މަތީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއް އަޅަން އިންޑިއާގެ އެހީ ވެސް ހޯދައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.