ރާއްޖޭގެ ތަރައްޤީއަށް ދެލައްކައެއްހާ ބިދޭސީން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މިޙައްމަދު ސޯލިޙް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިޙް ވިދާޅުވީ، ރާއްޖޭގައި މިހާރު ވެސް އެއް ގައުމަކުން 113،000 ބިދޭސީން ވޯކްޕާމިޓް ނަގައިގެން މަސައްކަތް ކުރަމުން އަންނައިރު، 60،000 ބިދޭސީން ގަވާއިދާ ޚިލާފަށް އުޅެމުންދާ ކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ ތަރައްގީ އަށް ދެ ލައްކައެއްހާ ބިދޭސީން އެބަ ބޭނުންވޭ. އެހެންވެ، އަޅުގަނޑުމެން ފުރަތަމަ މި ބަލަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފައްތަން." ރައީސް ވިދާޅުވި އެވެ. " މި އުޅެނީ އިތުރަށް ބަޔަކު ގެންނާކަށް ނޫން. މައްސަލަ ހައްލު ކުރަން. ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި އޭގެ ނަތީޖާ ފެންނާނެ."

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގެ މައްސަލަ ބޮޑުވެ، އެ މައްސަލަ ހައްލު ކުރުމަށް ކުރީގެ ސަރުކާރުތައް ނުކުޅެދިފައި ވަނިކޮށް، މި ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެ ގޮތުން އެއްއަހަރު ދުވަހަށް ބަންގުލަދޭޝް މަސައްކަތު މީހުން އެތެރެ ކުރުމުގެ ހުއްދަ ދިނުން ހުއްޓާލުމަށް ފަހު އަދި މިހާރު ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލައްވާފަ އެވެ. އަދި ބިދޭސީން އެތެރެކޮށް އެކަމުގެ ނަފާ ނަގަމުން އަންނަ ބިދޭސީން ހޯދައި ޑީޕޯޓް ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އެފަދަ ދެ މީހަކު މިދިޔަ ހަފްތާގައި ވަނީ ޑީޕޯޓް ވެސް ކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.