ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭގޮތަށް، އެނބޫދޫ ފަޅުގައި ތަރައްޤީކުރި، މަތީ ފަންތީގެ ރިސޯޓް 'ކުރޮސް ރޯޑް މޯލްޑިވްސް' ހުޅުވައިދެއްވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމެވެ. 

ކްރޮސް ރޯޑް މޯލްޑިވްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ ބިޔަ އެއްވެސް މަޝްރޫޢަކީ ނުވަތަ ތަސައްވުރަކީ ރާއްޖޭގައި ހާޞިލުނުކުރެވޭ ވަރުގެ ކަންކަން ނޫންކަމަށެވެ. އަދި މިސަރުކާރުން ދުނިޔޭގެ އެކި ޤައުމުތަކުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ މުސްތަޤްބަލު އުޖާލާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އިތުރުބާރަކަށް ވެގެންދާނެކަމަށް ވެސް ނާއިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ކުރޮސްރޯޑަކީ ހަމައެކަނި ފަތުރުވެރި ރިސޯޓެއްގެ ޚިދުމަތްތަކަށްވުރެ ފުޅާދާއިރާއެއްގައި ޚިދުމަތްދޭ ތަނެއްކަން ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖޭގެ ތާރީޚާއި ޘަޤާފަތް ދައްކުވައިދޭ އެތައް ކަމެއް އޭގެތެރޭގައި ހިމެނޭކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ކުރޮސްރޯޑްގައި ހުންނަ ޑިސްކަވަރީ ސެންޓަރަކީ ރާއްޖޭގެ ތިމާވެއްޓާބެހޭ ގިނަ މަޢުލޫމާތުތަކެއް ލިބިދޭނެ ތަނެއްކަމަށާއި، ކުރޮސް ރޯޑުގެ ސަބަބުން އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ވެގެންދާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި އެވެ.

ކްރޮސް ރޯޑް މޯލްޑިވްސް އަކީ ތައިލެންޑުގެ ސިންހާއޭ އެސްޓޭޓުން ސަތޭކަ ތިރީސް އެއް މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ.  އެ ރިސޯޓުގައި ޔޮޓް މެރީނާއެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ބީޗް ކުލަބެއް ވެސް ހުރެ އެވެ.

ކްރޮސް ރޯޑަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެން 15 މިނެޓުން ދެވޭހާ ރާސްތާއެއްގައި އޮތް ވަރަށް ހިތްގައިމު ރިސޯޓެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.