ކުޅިވަރު
ޗެތުރީ އިންޑިއާ ގައުމީ ޓީމުން ރިޓަޔާ ކުރަނީ

ދެކުނު އޭޝިއާގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، ސުނިލް ޗެތުރީ، ގައުމީ ޓީމުން ރިޓަޔާ ކުރަން ނިންމައިފި އެވެ.

އިންޑިއާ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން، ރިޓަޔާ ކުރާކަން އިއުލާނުކުރީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާ ބުނީ އަންނަ މަހު 6 ވަނަ ދުވަހު، ކުވެއިތާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗަކީ އިންޑިއާ އަށް އޭނާ ކުޅޭ ފަހު މެޗު ކަމަށެވެ.

ކުވެއިތާ ދެކޮޅަށް ކުޅޭ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ކޮލްކަތާގަ އެވެ. ޗެތުރީ، އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ފެށީވެސް ކޮލްކަތާގަ އެވެ. އުމުރުން 39 އަހަރުގެ ޗެތުރީ، އިންޑިއާ ގައުމީ ޓީމަށް ފުރަތަމަ ކުޅުނީ 2005 ވަނަ އަހަރު އެވެ. 150 މެޗު ކުޅެ، އޭނާ ވެފައިވަނީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަ ށެވެ.

އިންޑިއާ ގައުމީ ޓީމަށް 94 ގޯލު ޖަހައިދީ، ޗެތުރީ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. މީގެއިތުރުން، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީގެ ފަހަތުން، ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން، މިހާރުވެސް ކުޅޭ ކުޅުންތެރިންގެ ލިސްޓުގެ ތިން ވަނައިގައި އޮތީ ޗެތުރީ އެވެ.

ޗެތުރީ ބުނީ، ގައުމީ ޓީމުން ވަކިވުން އެއީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. އަދި ގައުމީ ޓީމަށް ކުޅުން އެއީ ބޮޑު ފަހުރެއް ކަމަށެވެ. ހަތަރު ސާފް ޗެމްޕިއަންޝިޕް ހިމެނޭހެން، ޗެތުރީ ވަނީ އިންޑިއާ އާއެކު ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފަ އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top