އެމްއެމްޕީއާރުސީގެ ހިޔާނާތުން ދޫކުރި ބައެއް ރަށްތަކުގެ އެގްރިމަންޓް ބާތިލްކޮށް، ބަކީ ރަށްތަކުން ހަމަ އަގު ހޯދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލހް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ، ހިޔާނާތުގެ ތެރެއިިން 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ ކަމަށާއި، އެ ރަށްތަކުން ދަައުލަތުން ގެއްލިފައިވަނީ، 91 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ރިކަވަރީ ކޮމިޝަނުން މިހާތަނަށް ހޯދި ހޯދުން ތަކުން މުޅި ޖުމްލަ އެ ރަށްތަކުގެ ހަމަ އަގު 220 މިލިއަން ޑޮލަރަށް އަރާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިފަދައިން ވިދާޅުވީ އޮޑިޓް ރިޕޯޓާއި ހަވާލާދެއްވައެވެ.

"މިހާތަނަށް ބެލި ބެލުމުގައި އެ ރަށްތައްކުގެ އިކުޒިޝަން ކޮސްޓް މިހާރު ހަމަ ޖެހިފައި އޮތް ގޮތުން އަގު ކުރީމައި، 220 މިލިއަނަށް އަރައި. އެއީ ފަޅުތައް ނުހިމަނައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުން އަދިވެސް މި މައްސަލަތައް ދަނީ ބަލަމުން ކަމަށާއި އެ ކޮމިޝަންގެ ރިޕޯޓު ފައިނަލް ވުމުން ވީހާވެސް އަވަހަކަށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެ މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނީ ރާއްޖެ އަންނަ އިންވެސްޓަރުންގެ އިތުބާރު ނުގެއްލޭ ގޮތައް ކަމަށެވެ. އަދި މިހާރުން މިހާރަށް އެގްރީމެންޓް ބާތިލް ކުރެވެން އޮތް ރަށެއް ނަމަ އެކަންވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރިޕޯޓު ފައިނަލް ވުމާއެކު އެ ރަށްތަކުން ހަމަ އަގު ހޯދުމުގެ މަސައްކަތް ކުރާނަން. އަދި މިހާރަށް މިހާރަށްވެސް އެގްރިމަންޓް ބާތިލް ކުރެވެން އޮތް ރަށެއް ބާތިލް ކުރެވެން އޮތް ނަމަ އެކަަން ވެސް އަޅުގަނޑުމެން ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މީގެ ދެދުވަސް ކުރިން އެފަދަ ރަށެށްގެ އެގްރިމަންޓް ބާތިލް ކޮށްފައިވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.