ދިވެހި ރައްޔިތުންގެ ގުޅުން، ދިރާގުން، "ގާލްސް ޓު ކޯޑް"ގެ ނަމުގައި ފުވައްމުލަގައި އަންހެން ކުދިންނަށް ޚާއްސަ ކޯޑިންގް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

"ވިމެން އިން ޓެކް މޯލްޑިވްސް" އާއި ދިރާގުން ގުޅިގެން ފުވައްމުލަކުގައި ކުރިޔަށްގެންދާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުއެވެ. މި ޕްރޮގްރާމްގެ މަގުސަދަކީ، އަންހެނުންނަށް ކޯޑުކުރަން ދަސްކޮށްދީ، ޓެންނޮލޮޖީއަށް އަންހެނުން އަހުލުވެރިކުރުވުމެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 14 އަހަރާއި 20 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮގްރާމްގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓުތައް ހަދައި ފަރުމާކޮށްދޭން ދަސްކޮށްދިނުމަށް ހަމަޖެހިފައި ވެއެވެ.

މި ޕްރޮގްރާމް ކުރިޔަށްދާނީ ފުވައްމުލަކު ސިޓީގެ އިންސްޓިޓިއުޓް އޮފް ލޮޖިސްޓިކްސް އެންޑް ޓެކްނޮލޮޖީގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.