މަރާލެވިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ އަބްދުﷲގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ވިދާޅުވެއްޖެއެވެ.

އެންއައިސީ އިން މިފަދައިން ވިދާޅުވެފައިވަނީ ރިޟްވާންގެ މަރުގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް އޭނާގެ އާއިލާއިން މީގެ ފަސް އަހަރު ކުރިން ހުށަހެޅި މައްސަލައެއްގެ ޖަވާބުގައެވެ.

އެންއައިސީގެ ލިޔުމުގައި ވިދާޅުވެފައިވަނީ، ރިޟްވާން ގެއްލުނު މައްސަލަ ފުލުހުން ތަހުގީގު ކުރުމުގައި އެ ސާވިސް އިން މިހާތަނަށްކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ތަހުގީގު ކުރުމުގައި އިހުމާލެއްވެފައިވާ ކަން އެނގޭ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ކޮމިޝަނަށް ލިބިފައި ނުވާ ކަމަށާއި، އެހެން ކަމުން މި މައްސަލާގައި ފުލުހުންގެ އިހުމާލެއް ނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

އެންއައިސީއިން މިހެން ބުނެފައިވާއިރު ރައީސް ޞާލިހް އެކުލަވާލެއްވި މަރު ކޮމިޝަނުން ރިޟްވާންގެ މައްސަލަ ތަހުޤީޤުކޮށް އާއްމުކުރި ރިޕޯޓުގައި އިންޓެލް ފަސް ފުލުހެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ.

މަރު ކޮމިޝަނުންް ބުނެފައިވާ ގޮތުގައި ރިޟްވާން މަރާލީ ދީނީ ހަރުކަށި ޖަމާއަތަކަށް ނިސްބައްވާ ބަޔެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.