ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިޒަމަށް ހިތްވަރު ދޭ ޖަމިއްޔާތަކުގެ މައުލޫމާތު މިއަދު ހާމަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ، މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ، މިހާރު އެ ލިސްޓް އެކުލަވާލާފައިވާ ކަަމަށާއި، ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައި ދިއުން ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޓެރަރިޒަމްގެ މައްސަލަތައް ހައްލުކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ޓެރަރިޒަމްގެ މައްސަލަތައް ހައްލުކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނަން. ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ދިއުން ހުއްޓުވުމަށް މަސައްކަތް ކުރާނަން" ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވެފައިވާއިރު، މަރު ކޮމިޝަންގެ ރައީސް ހުއްސުއްސުއޫދު ވަނީ ރާއްޖޭގައި ނިރުބަވެރި ޖަމާއަތެއްގެ ގޮތްޕެއް ހިންގަމުން އަންނަ ކަމަށް ތުހުމަތު ކުރައްވާފައެވެ.