މި އަހަރު ތެރޭގައި މިނިމަމް ވޭޖް ކަނޑައަޅާ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވާ، ފާސް ކުރައްވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާހިލް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި އެ ބިލް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މިނިމަން ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރައެއް ކަނޑައެެޅުމަކީ މިސަރުކާރުގެ ވައުދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.