މާލޭ އުތުރުފަރާތު ބަނދަރާއި, ގުޅީފަޅު ބަނދަރުގެ މާސްޓާޕްލޭން ތައްޔާރު ކުރުމަށް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް އެޗްކިއު ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މާލޭ އުތުރު ފަރާތު ބަނދަރާއި ގުޅީފަޅު ބަނދަރުގެ މާސްޓާ ޕްލޭން ހެދުމަށް ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ އެޗްކިއު ކުންފުންޏާއެވެ. ޕްލޭނިން މިނިސްޓްރީއިން ބުނީ އެ މަސައްކަތް ކުރުމަށް އެޗްކިއު ކުންފުންޏާ ހަވާލްކޮށްފައި ވަނީ 8 މަސްދުވަހުގެ ތެރޭގައި ނިންމާ އެ މިނިސްޓްރީއާއި ހަވާލުކުރާ ގޮތަށް ކަމަށެވެ. އެ މަޝްރޫއަށް ޖުމްލަ 650،000 އެމެރިކާ ޑޮލަރު ( 10 މިލިއަނެއްހާ ރުފިޔާ) ހޭދަވަނެ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ވިދާޅުވެއެވެ. 

ޕްލޭނިންގ މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ސަބަބުން އިމްޕޯޓް މުދާ އަރުވާ ބޭލުމުގައި ފަސޭހަވުމުގެ އިތުރުން ގުދަން ކުރަން ގުޅީފަޅަށް ބަދަލު ކުރެވިގެންދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.