ކުޅިވަރު
ރިސޯޓް ލީގު 2024: އޮބްލޫ އާއި ޕަޓީނާގެ ކުރިމަތިލުން ހަމަހަމަ

ވަން އެންޑް އޮންލީ ރީތި ރަށުގައި މިހާރު ކުރިޔަށްދާ ރިސޯޓު ލީގުގެ ނޯތު މާލޭ ޒޯނުގައި އޮބްލޫ އެކްސްޕީރިއެންސް އާއި ޕަޓީނާ މޯލްޑިވްސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެ އެވެ.

މިއަދު ހަވީރު ކުޅުނު ގުރޫޕު ބީ ގެ ފުރަތަމަ މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފެށިގެން ތިން ވަނަ މިނެޓުގައި އޮބްލޫގެ ޝަމްވީލް އިބްރާހިމް ވަނީ ގޯލެއް ޖަހައި، އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އޮބްލޫ އިން ފުރަތަމަ ހާފު ނިންމާލީ އެއް ގޯލުގެ ލީޑަކާއެކު އެވެ.

ފުރަތަމަ ހާފަކޭ އެއްގޮތަށް، އޮބްލޫ އިން ދެވަނަ ހާފުވެސް ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން، ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި އޮބްލޫގެ މުހައްމަދު ސަހާއު އަލީ ވަނީ ގޯލެއް ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ.

ޕަޓީނާ އަށް އުއްމީދެއް ލިބުނީ ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި އިބްރާހިމް ސަރުވާން ޖެހި ގޯލާއެކު އެވެ. އޭގެ ދެ މިނެޓު ފަހުން މުހައްމަދު ޝާހީ ވަނީ ގޯލެއް ޖަހައި، ޕަޓީނާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕަޓީނާގެ އަހުމަދު ރާއީ ލަތީފް އެވެ.

ނޯތު މާލޭ ޒޯނުގެ ގުރޫޕު ބީ ގައި ހިމެނެނީ އޮބްލޫ އާއި ޕަޓީނާގެ އިތުރުން ވަރު ބައި އެޓްމޮސްފެއާ އާއި ހުވަފެންފުއްޓެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top