ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކެމްޕެއިން ކޮށްދިން 04 ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން ބުނެފައިވަނީ މައްސަލަ ބެލުމަށް ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާއި ސިވިލް ކޯޓުގެ ޤާޒީ ހަސަން ފަހީމް އިބްރާހިމާއި ސިވިލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދުގެ އިތުރުން ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފްގެ ދެ މައްސަލައެއް ކަމަށެވެ. 

އެހެން ނަމަވެސް ޖޭއެސްސީން މީގެ އެއްވެސް މައްސަލައެއްގެ ތަފްސީލެއް ނުދެއްވައެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.