ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާރ ކުރުމުގެ ދައުވާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓާރ މޫސާ ޒަމީރްގެ ހެކިބަސް ނަގާފައެވެ. ޝަރީއަތުގައި ޒަމީރު ވިދާޅުވީ ރައީސް ޔާމީންގެ އެދިވަޑައިގަތުމުން އެއް މިލިއަން ޑޮލަރު އެމަނިކުފާނަށް ދެއްވާފައިވާކަމަށެވެ. 

އެންމެ ފަހުން އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ދެން އަންނަ އަޑުއެހުމެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އަހުމަދު ހައިލަމް ތަހުގީގަށް ދީފައިވާ ބަޔާނުގެ ވީޑިއޯ ރިކޯޑިން ބެލުމާއި މެދު ގޮތެއް ނިންމާނޭކަމަށެވެ. 

މީގެ އިތުރުން ކުރިން ބޭއްވި އަޑުއެހުމެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ، ރައީސް ޔާމީންގެ އެދުމުގެ މަތިން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާނޭކަމަށާއި، އަދި ރައީސް ޔާމީން ބުނެގެން ޤާނޫނާއި ޚިލާފުކަންކަން ކޮށްފައިވާނޭކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *