ހައްދުންމަތީގައި އެމްޓީސީސީން ދެމުން ގެންދާ ފެރީގެ ޚިދުމަތް މާދަމާ ނޯންނާނޭކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

އަތޮޅުގެ ފެރީގެ ޚިދުމަތްތަކާއި ބެހޭ މަޢުލޫމާތު ދިނުމަށް ޚާއްސަކޮށް ހުޅުވާފައިވާ ވައިބަރ ގުރޫޕްގައި އެ ކުންފުނީގެ މުވައްޒަފަކު ވަނީ، "މާވަށް ސެކްޓަރގައި ދަތުރުކުރަމުން ދިޔަ "ނިޔާމަ 8" ލ.ކުނަހަންދޫ ބޭރު ނެރުގެ ދެކުނު ފަރާތަށް އެރުމާއި ގުޅިގެން މާދަމާ 2 ފެރީވެސް ދަތުރު ކެންސަލް ކުރި ވާހަކަ" ދަންވާފައެވެ.

ލ.އަތޮޅުގައި ފެރީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީގެ ދެ ފެރީއެއް އެ އަތޮޅުގައި އޮޕަރޭޓު ކުރެއެވެ. އެއީ އިސްދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ އަދި ގަން އޮންނަ ފަޅިއަށް އެއް ފެރީ އަދި ، މާވަށް، ކުނަހަންދޫ، ހިތަދޫ، މާމެންދޫ އަދި ފޮނަދޫ އޮންނަ ފަޅިއަށް އެއް ފެރީއެވެ. ފެރީގެ ޚިދުމަތް ލ.އަތޮޅުގެ ގިނަ ރައްޔިތުން ހޯދާކަން ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.