ޚަބަރު
މޯލްޑިވިއަނުން މިއަހަރު ތިން މުވައްޒަފުން ހައްޖަށް ފޮނުވަނީ
ފޮޓޯ: މޯލްޑިވިއަން

ގައުމީ އެއާލައިން މޯލްޑިވިއަނުން މިއަހަރު އެކުންފުނީގެ ތިން މުވައްޒަފުންނެއް ހައްޖަށް ފޮނުވަން ލިޔުން ހަވާލުކޮށްފި އެވެ.

“ޖަޒީރާ” އަށް މައުލޫމާތު ދެމުން މޯލްޑިވިއަންގެ ކޯޕަރޭޓް ސޭލްސް މުހައްމަދު ނަސީރު ބުނީ ހައްޖު ކޯޕަރޭޝަނާއި ގުޅިގެން މޯލްޑިވިއަނުން ކޮންމެ އަހަރަކުވެސް އެކުންފުނިން ހޮވާލެވޭ 3 ނުވަތަ 2 މުވައްޒަފުން ހައްޖަށް ފޮނުވާ ކަމަށެވެ. އަދި އެގޮތަށް ފޮނުވާއިރު ކުންފުނިން ބަލަނީ މޯލްޑިވިއަންގައި އެންމެ ގިނަ ދުވަސްވަންދެން މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށް އޭނާ ހާމަކުރި އެވެ.

“ކުންފުނީގައި 10 އަހަރު ވަންދެން މަސައްކަތްކޮށްފައިވާ މުވައްޒަފުންނާއި 15 އަހަރު ވަންދެން ހިދުމަތްކޮށްފައިވާ މުވައްޒަފުން 2 ކެޓަގަރީއަކަށް ބަހާލައިގެން ހުރިހާ މުވައްޒަފުންނަށް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު މި ހުޅުވާލަނީ. ގުރުއަތުގައި ބައިިވެރިވުމަށް ސަބްމިޓް ކުރީމަ އެންމެން ތެރޭގައި ގުރުއަތު ނަގައިގެން ހައްޖު އެވޯޑް ކުރަނީ”

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވިއަން އިން ވަނީ 3 މުވައްޒަފަކަށް މިކަމާއި ގުޅުންހުރި ލިޔުން ހަވާލުކޮށްފަ އެވެ. މުވައްޒަފުންނާއި މި ލިޔުން ހަވާލުކޮށްފައިވަނީ ކުންފުނީގެ އެމްޑީ އަދި އެގްޒެކެޓިވް ޑިރެކްޓާ އިބްރާހިމް އިލްޔާސް އެވެ.

ހައްޖަށް ފޮނުވާ ތިން މުވައްޒަފުން:

  1. މަރިޔަމް ހުދާ
  2. އިސްމާއީލް ރިޒާ
  3. މުހައްމަދު އަޒްމީ

މިދިޔަ އަހަރުވެސް މޯލްޑިވިއަން އިން ވަނީ އެކުންފުނީގެ ހައްޖު ޕޮލިސީގެ ދަށުން 2 މުވައްޒަފުން ހައްޖަށް ފޮނުވާފަ އެވެ.

މޯލްޑިވިއަން އިން ކުންފުނީގެ 3 މުވައްޒަފަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ސަރުކާރުގެ ދެ ކުންފުނި ކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންވެސް ވަނީ ކުންފުނީގެ ހަރަދުގައި އެކުންފުނިތަކުގެ ބައެއް މުވައްޒަފުން ހައްޖަށް ފޮނުވުމަށް ލިޔުން ހަވާލުކޮށްފަ އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top