ސްކޫލު ކުދިންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކުރިއަރުވާނޭ ގޮތްތަކާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތް އަލީ އާއި ޑަބްލިއު. އެޗް. އޯގެ

ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގައެވެ. 

މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖެއަށް މިވަގުތު ވަޑައިގެން އުޅުއްވާ ޑަބްލިއު. އެޗް. އޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަރްވިންދް މަތުރް ގެ އިތުރުން އެޑިއުކޭޝަން މިނިސްޓާރު ޑރ. އައިޝަތް އަލީ އާއި މިނިސްޓްރީގެ އިސްބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ، 

ސްކޫލު ކުދިންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވަނީ ސަރުކާރުގެ 213 ސްކޫލްގައި ފަށާފައެވެ. އެހެންކަމުން މިހާރު ސަރުކާރު ސްކޫލް ތަކުގައި ހެނދުނުގެ ދަންފަޅީގައި ތަޢުލީމު ޙާސިލުކުރަމުންގެންދާ 57817 ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ކޮންމެ ދުވަހަކު ލިބޭނެއެވެ. މި ޕްރޮގްރާމަށް ސަރުކާރުން 123 މިލިއަން ރުފިޔާ ޚަރަދުކުރާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.