ޚަބަރު
ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލަން ނިންމައިފި

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސިން ބުނެފި އެވެ.

ޒަކާތު ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހު ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެބަޔާނުގައި ބުނެފައިވަނީ ރަސްމީ ބަންދު ދުވަސް ނޫން ހުރިހާ ދުވަހަކުވެސް ހެނދުނު 9:30 އިން މެނދުރު 12:00 ގެ ނިޔަލަށް ފޯމު ހުށައެޅޭނެ ކަމަށެވެ.

ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަަކަށް އެއިދާރާގެ ކައުންޓަރާއި ވެބްސައިޓުން ފޯމު ލިބެން ހުންނާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެ އެވެ. އެހެންނަމަވެސް ފޯމު ބަލައިގަންނާނީ އެ އިދާރާގެ ކައުންޓަރުން ކަމަށެވެ.

މި އަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައިނުވާ މީހުން ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ޒަކާތުގެ ހައުސް އިން ކުރާ މައިގަނޑު މަސައްކަތަކީ ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި ޒަކާތް ހައްގުވާ ފަރާތްތަކަަށް ޒަކާތް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާ ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނު ކުރުމެވެ. މީގެ އިތުރުން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވާލައި އަދާ ހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރާނީ ޒަކާތުގެ ހައުސް އިންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގުމަށް ނިންމަވާފައިވާ ޒަކާތުގެ ހައުސްއަކީ 18 ޑިސެމްބަރު 2023 ވަނަ އަހަރު ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން އުފެއްދެވި އިދާރާ އެކެވެ.

14
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top