ނިއުޔޯކް ކޮންވެންޝަންގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ.

ކޮންވެންޝަން އޮން ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވާޑްސް (ނިއުޔޯކް ކޮންވެންޝަން)ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތެވެ.

ނިއުޔޯކް ކޮންވެންޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން 2010 ވަނަ އަހަރު ވެސް ނިންމައި ވަނީ ރުހުން ދީފައެވެ.

ރައީސް އޮފީހުން ކުރިން ވިދާޅުވީ، މި މުއާހަދާގެ ސަބަބުން ރާއްޖެއަށް ބޭރުގެ ގިނަ އިންވެސްޓްމެންޓްތަކެއް ވަނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މި ކޮންވެންޝަނުގެ ސަބަބުން ބައިނަލްއަޤުވާމީ އާބިޓެރަރީ ކޯޓު ތަކުގައި ނިންމާ ނިންމުންތަކަށް އަމަލުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކަށް ވެސް ލާޒިމު ވާނެއެވެ.

ނިއުޔޯކް ކޮންވެންޝަންއަކީ 1965 ވަނަ އަހަރުން ފެށިގެން އާބިޓްރޭޝަން މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގެ މަސައްކަތް ކުރަމުންދާ ކޮންވެންޝަނެކެވެ.

ރާއްޖެއަކީ މި ކޮންވެންޝަންގައި ސޮއިކުރި، 161 ވަނަ ގައުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.