އަގުދީގެން ވެހިކަލް ޕާރކްކުރުމުގެ އުސޫލެއް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. އެ އުސޫލެއް ފާސްކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލްގެ 74 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.

އެ އުސޫލު މިއަދު ވަނީ އާއްމުކޮށް ގެޒެޓް ކޮށްފައެވެ. އެ އުސޫލުގައިވާގޮތުން މާލޭގައި އަގުދީގެން ވެހިކަލް ޕާރކް ކުރެވޭނީ މ. ދަންޑަހެލުގެ (ސްޕްރީމްކޯޓް ކުރިމަތި) ގައި ހަދާފައިވާ ޕާރކިންގ ޒޯންގައެވެ.

އެ ކައުންސިލުން ބުނީ، އެ ޒޯނުގައި ޕާރކުކުރުމަށް އެދި ހުށަހަޅަންޖެހޭ ފޯމް ކައުންސިލްގެ ވެބްސައިޓުން ލިބޭނެ ކަމަށާއި، ޕާރކިން ސްލޮޓްތަކަށް އެދި ހުށަހަޅަންޖެހޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 09:00 އިން 01 އޮކްޓޫބަރ ދުވަހުގެ 13:00 އަށް މިކައުންސިލްގެ މާފަންނު އޮފީހުން ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އެ އުސޫލުގައިވާ ގޮތުން ސައިކަލް ޕާކް ކުރުމުގެ މަހުފީ އަކީ 600 ރުފިޔާއެވެ. ގަޑި އިރަކަށް ޕާކް ކުރާނަމަ، ފުރަތަމަ 30 މިނެޓް ހަމަވުމުގެ ފަހުން އިތުރުވާ ގަޑިއިރަކަށް ފަސް ރުފިޔާއެވެ.

އަދި ކާރު، ލޭންޑްރޯވާ، ވޭން އަދި ކުޑަ ޕިކަޕްގެ މަހުފީއަކީ 3000 ރުފިޔާއެވެ. ގަޑި އިރަކަށް ޕާކް ކުރާނަމަ ފުރަތަމަ 30 މިނިޓްހަމަވުމަށްފަހު އިތުރުވާ ގަޑި އިރަކަށް 20 ރުފިޔާ އެވެ.

ފައްސަތޭކަ ކިލޯއާއި ދެ ޓަނުގެ ދޭތެރޭ ޕިކަޕްގެ މަހުފީއަކީ 3500 ރުފިޔާއެވެ. ގަޑި އިރަކަށް ޕާކް ކުރާނަމަ ފުރަތަމަ 30 މިނިޓްހަމަވުމަށްފަހު އިތުރުވާ ގަޑި އިރަކަށް 25 ރުފިޔާ އެވެ.

އަދި ދެ ޓަނާއި ފަސްޓަނާއި ދޭތެރޭ ލޮރީގެ މަހުފީއަކީ 4000 ރުފިޔާއެވެ. ގަޑި އިރަކަށް ޕާކް ކުރާނަމަ ފުރަތަމަ 30 މިނިޓްހަމަވުމަށްފަހު އިތުރުވާ ގަޑި އިރަކަށް 30 ރުފިޔާ އެވެ.

މާލޭގައި ޕާރކް ކުރާނެ ޖާގަ ނެތުމަކީ ބޮޑުވެފައިވާ މައްސަލައެކެވެ. އަދުގެ ސަރުކާރުން ވަނީ މާލޭގެ ޕާރކްންގ މައްސަލައަށް އެދެވޭ ހައްލެއް ހޯދައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.