ސަރަހައްދީ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ތާވަލުކޮށް މި މުބާރާތް އަނެއްކާވެސް ބަންގްލަދޭޝްގައި ބޭއްވުމަށް ނިންމައިފިއެވެ. 

މިއީ ބަންގްލަދޭޝްގައި މި މުބާރާތް ވިދިވިދެން ބާއްވާ ދެވަނަ ފަހަރެވެ. މުބާރާތް ބަންގްލަދޭޝްގައި ބޭއްވުމަށް ނިންމީ ސާފްގެ މެމްބަރުތަކުން ބައިވެރިވުމާއެކު މެލޭޝިޔާގެ ކުލަލަމްޕޫރުގައި ބޭއްވި ކޮންގްރެސްގައެވެ. މި ކޮންގްރެސްގައި ސާފްގެ ރައީސް ކަޒީ ސަލާހުއްދީނާއި ސާފްގެ ނައިބު ރައީސާއި ޖެނެރަލް ސެކެޓްރީގެ އިތުރުން މެމްބަރު ހަތް ގައުމުންވެސް ބައިވެރިވިއެވެ. ރާއްޖެއިން ކޮންގްރެސްގައި ބައިވެރިވެފައިވަނީ ސާފްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަލީ އުމަރެވެ. 

2020 ވަނަ އަހަރުގެ މުބާރާތް ޕާކިސްތާނުގައި ބާއްވަން ހަމަޖެހިފައި ވަނިކޮށް، ކޮންގްރެސްއިން މުބާރާތް ބަންގްލަދޭޝްގައި ބާއްވަން ނިންމާފައިވަނީ އެގައުމުގެ ހާއްސަ އެދުމެއްގެ މަތީންނެވެ. އެއީ ބަންގްލަދޭޝްގެ ފުރަތަމަ ރައީސް ޝެއިޚް މުޖީބުއްރަހްމާންގެ 100 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ކުޅިވަރު ހަރަކާތްތަކެއް އެގައުމުން ބާއްވަން ބޭނުންވާތީކަމަށް މައުލޫމާތު ލިބެއެވެ. 

މިއީ 12 ފަހަރު ބާއްވާފައިވާ މުބާރާތް ބަންގްލަދޭޝްގައި ބާއްވާ ހަތަރުވަނަ ފަހަރެވެ. އެންމެ ފަހުން 2018 ވަަނަ އަހަރުގައި ބަންގްލަދޭޝްގައި ބޭއްވި މުބާރާތް، ފައިނަލްގައި ވަރުގަދަ އިންޑިޔާ ބަލިކޮށް ކާމިޔާބުކޮށްފައިވަނީ ރާއްޖެއިންނެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.