ރޭ އިރުއޮއްސުނު އިރު އައްޑު ސިޓީ މަރަދޫގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި، އެކްސިޑެންޓުވުމުން ފިލި ކުއްޖާ ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔުމުން ފަޅާއަރައިފި އެވެ.

ފުލުހުން ވިދާޅުވީ،  އެކްސިޑެންޓުވުމުން ފިލާފައި ވަނީ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އޭނާ ފެނުނީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިއުމުން ކަމަށެވެ.

އެކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.

އެކްސިޑެންޓުގައި އަނެއް ސައިކަލު ދުއްވަން އިން 55 އަހަރުގެ ފިރިހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.  ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވީ، އެމީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.